ރެސިޕީ 45: މެންގޯ މިލްކްޝޭކް

ރެސިޕީ 45: މެންގޯ މިލްކްޝޭކް

ގުޅުންހުރި

އަންބަކީ އޭގެ ފަނި ދިވެހިންގެ ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. އަދި އެންމެ އިހުގެ ގޮތަށް ކުދި ކުދިކޮން ކޮށައިލައިގެން ގިރާލާ ފަނި އަކީ ވަރަށް ވެސް މީރު އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޖޯޑު މިލްކް (ފުލް ކްރީމް)
  • 1 ޖޯޑު އަންބު (ތޮށިމަށާ، ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ހަކުރު
  • 1 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
  • 2 ސްކޫޕް ވެނީލާ އައިސްކްރީމް
  • 1 ޖޯޑޫ އައިސް ކިއުބް

ތައްޔާރު ކުރާނެ ގޮތް:

މިކްސަރަށް މިލްކް، އަނބު، ޔޯގަޓް، ހަކުރު އަޅައި ގިރައިލާށެވެ. އެއަށް ފަހު އައިސް ކިއުބް ކޮޅު އަޅައި ކުދިކުދި ވަންދެން މިކްސްކޮށްލާށެވެ. އެއަށް ފަހު ޖަގަކަށް އަޅާށެވެ. ދެން އައިސްކްރީމް ކޮޅު އަޅައި ކުޑަކޮން ގިރާލާށެވެ. މިހާރު ހުންނާނީ މެންގޯ މިލްކް ޝޭކް ތައްޔާރުވެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ