ރެސިޕީ 44: ވަޅޯ މަސް ސްޕެގެޓީ

ރެސިޕީ 44: ވަޅޯ މަސް ސްޕެގެޓީ

ގުޅުންހުރި

މިއަދު މި ގެެނެސް ދެނީ މީ ރު ސްޕެގެޓީ ގަނޑެއް ތައްޔާރު ކޮށްލާނެ ގޮތެވެ. ވަރަށް ގިނަ ގޮތް ގޮތަށް ސްޕެގެޓި ތައްޔާރު ކުރެވިދާނެއެވެ. އަނެއް ކޮޅުން މިއީ ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭ އެއްޗެއް ކަމުން ވަގުތު ވެސް ސަލާމަތް ވާނެއެވެ.

މިއަދު މި އޮތީ ވަޅޯ މަސް ސްޕެގެޓީއެވެ. މިއީ ވީހާވެސް ބޮޑަކަށް ދިވެހިންނާއި ގުޅުވައިލައިފައި އޮތް ރެސިޕީއެކެވެ. ސްޕެގެޓީ އަކީ އިޓަލީ ގެ އުފެއްދުމެކެވެ. އެހެން ކަމުން އިޓަލީއަށް އުފަން ސްޕެގެޓީއާއި ރާއްޖެގެ ކަނޑުން ބާނާ މަސް އެއްކޮށް ދެގައުމުގެ ކުލަވަރާއި އެކުގައި ތައްޔާރު ކޮށްލަމާ ހިނގާށެވެ.

ބޭނުން ވާނެ ތަކެތި ތަކެތި:

2 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ވަޅޯމަސް

10 ލޮނުމެދު

20 ހިކަނދި ފަތް

10 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)

6 ޖޯޑު ފެން

1 ސައިސަމުސާ ލޮނު (ސްޕެގެޓީ ކައްކަން)

250 ގްރާމް ސްޕެގެޓީ

1/3 ޖޯޑު އޮލިވް އޮއިލް

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

1 ޖޯޑު ސްޕެގެޓީ ކެއްކި ފެން

ތައްޔާރު ކުރާނެ ގޮތް:

ވަޅޯމަސް، ލޮނުމެދު އަދި ހިކަނދިފަތް ތުނިކޮށް ކޮށާށެވެ. ½ އިންޗީގެ އެތިކޮޅުކޮޅަށް ހިކިމިރުސް ބުރި ކޮށްލާށެވެ.

ފެނާއި ލޮނު ބޮޑު ތެއްޔަކަށް އަޅާފައި ކައްކާށެވެ. ބޮކި ޖަހާ ވަރަށް ކެކި ގަތީމައި ސްޕެގެޓީކޮޅު ތެއްޔަށް އަޅާށެވެ. 12 މިނިޓު ވަންދެން ނޫނީ ބޭނުންވާ ވަރަށް ސްޕެގެޓީ މަޑުވަންދެން ކައްކާށެވެ. ކެކެމުން ދާއިރުވެސް ފެންގަނޑު ދާންވާނީ ބޮކިޖަހާ ވަރަށް ކެކެމުންނެވެ.

ސްޕެގެޓީ ކެއްކި ފެންގަނޑުން 1 ޖޯޑު ފެން ނަގާ ފަހުން ބޭނުން ކުރަން އެހަށް ބަހައްޓާލާށެވެ. ދެން ސްޕެގެޓީކޮޅު ފުރާނާލާފައި އެހަށް ބަހައްޓާލާށެވެ.

ބޮޑު ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދުކޮޅަށް ރަންކުލަ އަރަންދެން މެދު ގިނީގައި ކައްކާށެވެ. ދެން ހިކަނދިފަތާއި ހިކިމިރުސް އަޅާފައި 2-3 މިނިޓުވަންދެން އަނެއްކާވެސް ކައްކާލާށެވެ. ކައްކަމުން ދާއިރު ގެންދަންވާނީ ހުރިހާ އެއްޗެއް އެއްކުރަމުންނެވެ.

ވަޅޯމަހާއި ލޮނު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން 2 މިނިޓުވަރު ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާލާށެވެ. ސްޕެގެޓީކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ.

ދެން ކުރިން ނަގާފައި ބެހެއްޓި ސްޕެގެޓީ ކައްކަން ބޭނުން ކުރި ފެން ތެއްޔަށް އަޅާފައި 5-6 މިނިޓު މެދު ގިނީގައި ކައްކާލާށެވެ. ކެކެމުން ދާއިރު ދޭތެރެއަކުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލަން ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ