އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްއާން ވަކިކޮށްފި

އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްއާން ވަކިކޮށްފި

ގުޅުންހުރި

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ނެގުމުގެ މައްސަލައެއް ހާމަވުމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު މަޤާމުން ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ޝަމްއާން މަޤާމުން ވަކިކުރެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، އޭނާ ވަކިކުރެވުނު ސަބަބެއް ހީނާ ހާމަކުރައްވާފައެއް ނުވެއެވެ.

ޝަމްއާންގެ މަޤާމުން ވަކިކުރުން އައީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަޤާމުގެ ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނެގުމުގެ މައްސަލައެއް ތަޙްޤީޤުކުރަމުންދާކަން ފުލުހުން އިޢުލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ފުލުހުންގެ ފަރާތުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރެވުނު މީހުންނަކީ އިމިގްރޭޝަންގެ އޮފިސަރުންކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ޢައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާ ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ