ރެސިޕީ 38: ބާގާ ސޯސް

ރެސިޕީ 38: ބާގާ ސޯސް

Author
ހުސައިން
20 މާރޗް 2025 10:09
0

ބާގާ އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ބާގާ އެކި މީހުން ތައްޔާރު ކުރަނީ އެކި ގޮތަށެވެ. އަދި ބާގާ ސޯސް ވެސް ހަމަ އެފަދައެވެ. ނަމަވެސް މިއަދު މި ގެނެސްދެނީ ފަސޭހައި ތައްޔާރު ކޮށްލެވޭނެ މީރު ބާގާ ސޯސްއެކެވެ.

ބޭނުންވާނެ ތަކެތި: 

  • 1 ޖޯޑު މަޔޮނައިސް
  • 1/3 ޖޯޑު ޕިކްލްސް (ޗޮޕްކޮށްފައި)
  • 1/4 ޖޯޑު ޗިލީ ޓޮމާޓޯ ސޯސް
  • 1/2 ސައި ސަމުސާ ގާލިކް ޕައުޑަރު
  • 1/2 ސައި ސަމުސާ ބްލެކް ޕެޕާ ޕައުޑަރު
  • ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް: 

ތައްޓަކަށް މަޔޮނައިސް ކޮޅު އަޅައިލާށެވެ. އެއަށް ފަހު ފަހަރަކު އެއްޗެއް އަޅަމުން ރަނގަޅަށް މިކްސް ކުރަމުން ގެންދާށެވެ. ހުރިހައި އެއްޗެއް އަޅައި ނިމުމުން މިކްސް ކޮށްލާށެވެ. މިހާރު ހުންނާނީ ބާގާ ސޯސް ތައްޔާރުވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.