ރެސިޕީ 35: ޕާން ބޯކިބާ

ރެސިޕީ 35: ޕާން ބޯކިބާ

Author
ހުސައިން
19 މާރޗް 2025 08:12
0

ޕާން ބޯކިބަލަކީ ތަފާތު ގޮތް ގޮތަށް އެޅިދާނެ އެއްޗެކެވެ. މިއަދު މިގެނެސް ދެނީ ވަރަށް އާދައިގެ ގޮތަކަށް ޕާން ބޯކިބާ ތައްޔާރު ކޮށްލެވިދާނެ ރެސިޕީއެކެވެ. ޕާން ބޯކިބަލެއް ފިހެލަން މި ރޯދަމަހު ކިހިނެއް ވާނެތޯއެވެ.؟

ބޭނުން ވާނެ ތަކެތި

1 ޕާން ކުޑަ (ކުދިކޮށް ކޮށައިފައި ދެ ޖޯޑު ފެން އަޅާފައި)

2 ޖޯޑު ފެން

40 ގުރާމު ހިކި މޭބިސްކަދުރު (ކޮށާފައި)

40 ގުރާމު ކަނަމަދު (ކޮށާފައި)

½ މޭޒުމަތީސަމުސާ މާޖިރީން

2 ކުކުޅުބިސް

1 ޖޯޑު ދިޔާ ކިރު (ލެކްނޯ، ޑަޗްލޭޑީ، ކޯސްޓު، އޯލްޑަންބާގަރ ފަދަ)

½ ޖޯޑު ހަކުރު

⅓ ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ހަކުރާއި ބިސް އެއްކޮށްލާށެވެ. ހަކުރުކޮޅު ވިރުމުން މާޖިރީން އެޅައިލާށެވެ. ރަނގަޅަށް އެއްވީމައި ޕާން ކޮޅު އަޅައިލާށެވެ. ރަނގަޅަށް މޮޑެފައި ހިކިމޭބިސްކަދުރު، ކަނަމަދު އަދި ކިރުއަޅައިފައި ރަނގަޅަށް އެއްކޮށްލާށެވެ. މާޖިރީން ހާކައިފައި ހުރި ޓްރޭ އަކަށް އަޅައިފައި، ކަރަންޓު އަވަން 250 ޑިގްރީއަށް ލައިފައި، 10 މިނެއްޓު ވަންދެން ހޫނުކޮށްފައި، ބޯކިބާ އެޅި ޓްރޭ ލައިފައި ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.