ރެސިޕީ 32: ލެމަނޭޑް

ރެސިޕީ 32: ލެމަނޭޑް

Author
ހުސައިން
17 މާރޗް 2025 09:48
0

މިއަދު މި ގެެނެސްދެނީ ވަރަށް ފަސޭހައި ތައްޔާރު ކޮށްލެވިދާނެ ބުއިމެކެވެ. މީ މިހާ ވަރަށް ތާޒާ ކޮށްލައިދޭނެ ބުއިމެކެވެ. ހުކުރު ދުވަސް ކަމުން ބަދިގޭގައި މިއަދު އެހެން ދުވަސް ތަކާއި އަޅާ ބަލާއިރުގައި ވަރަށް ބިޒީ ވާނެ ކަމަށް ފެނެއެވެ.

އެހެން ކަމުން މިއަދު މި ގެނެސްދެނީ ފަސޭހައި ތައްޔާރު ކޮށްލެވޭ ކުދި ބޮޑު އެންމެނަށް ވެސް ވަރަށް ކަމުދާނެ އަދި ހަމަ އެއާއި އެކު އެހާ ފަސޭހައި ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. އަދި މާގިނަ އިންގްރިޑިއަންޓް އެއްވެސް ނުހިމެނޭނެއެވެ.

ބޭނުން ވާނެ ތަކެތި: 

1 ލުބޯ (ހުތް)

4-5 ތަށި ފެން

3/4 ޖޯޑު ގެ ހަކުރު

6 މޭޒުމަތީ ސަމުސާ ކޮންޑެސް މިލްކް/ ކެރިކިރު

ލުބޯ ފަޅިއެއް ( ވައްފޮއްޗަށް ތުނިކޮން ކޮށާލައިފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޖަގެއްގެ ތެރެއަށް ފެލައިފައި ހުރި ލުބޯ ހުތްކޮޅު އަޅައިލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ހަކުރު ކޮޅު އަޅައި ގިރާލާށެވެ. ހަކުރު ކޮޅު އެއްކޮން ގިރެންދެން ގިރަން ވާނެއެވެ. އެއަށް ފަހު ފެން އަދި ކިރު ކޮޅު އަޅައި ރަނގަޅަށް ގިރާލާށެވެ. އެންމެ ފަހުން ލުބޯ ފިތިކޮޅު އަޅައި އެއްކޮށްލުމަށް ފަހު ފިނިކޮށްލާށެވެެ. މިހާރު ހުންނާނީ ލެމާނެޑް ތައްޔާރުވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.