ޗީޒް ޓޯސްޓް އަކީ ޗީޒް ކެއުމަށް ފޯރި ހުންނަ ފަރާތްތަކަށް ވަރަށް ކަމުދާނެ އެއްޗެކެވެ. މި ރެސިޕީ އަކީ ވަރަށް މަދު އެއްޗަކުން ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ. ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއް ވެސްމެއެވެ.
އަދި ހަމަ އެއާއި އެކުގައި ވަރަށް ބިޒީކޮށް، އެކަނި ކުދިން ގޮވައިގެން އުޅެމުން އަންނަ ފަރާތްތަކަށް ވެސް މި ރެސިޕީ ރަނގަޅު ވާނެއެވެ. ސަބަބަކީ މަދު ވަގުތު ކޮޅެއްގައި އަދި ހެޔޮ އަގުގައި ރޯދަ ވިއްލުމަށް ތައްޔާރު ކޮށްލެވުމެވެ.
ބޭނުން ވާނެ ތަކެތި:
1 ޕާން
1 ޕެކެޓް ޗީޒް (ސްލައިސް ޗީޒް)
އަސޭ މިރުސް އަދި ކުޑަ ޗިލީ ފްލޭކްސް ކޮޅެއް
ބަޓަރު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕާނުގެ ދެފަރާތުގައި ބަޓަރުކޮޅެއް ހާކާލުމަށްފަހު ޕާން ފޮތި ދެފަތާރުން ފިހެލާށެވެ. އެއަށް ފަހު ޕާން ފޮތި މަތީ ޗީޒް ފޮތި ބޭއްވުމަށް ފަހު އަސޭމިރުސް އަދި ޗިލީ ފްލޭކްސް ކޮޅު ބުރުވައިލާށެވެ. އެއަށް ފަހު ޗީޒްފޮތި ދިޔާވުމުން އުދުން މަތިން ނަގާށެވެ. އޭރަށް ހުންނާނީ ޗީޒް ޓޯސްޓް ތައްޔާރު ވެފައެވެ.