ކަށިކޭލަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މިއަދު މި ގެނެސްދެނީ ކަށިކޭލު ފަނި ތައްޔާރު ކޮށްލާނެ ގޮތެވެ. ކަށިކޭލުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑު ތަފާތު ވައްތަރުގެ ކޭކު، ޑޮނަޓް އާއި މިފަދަ އެއްޗެހިވެސް ތައްޔާރު ކުރެއެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކަށިކެޔޮ
- ½ 1 ޖޯޑު ފިނިކޮށްފައިހުރި ފެން
- ½ 1 ޖޯޑު ވެނީލާ އައިސްކްރީމް
- 1/3 ޖޯޑު ދިޔާ ކިރު
- 2 ސައިސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ކަށިކޭލާއި ފެން މިކްސަރަށް އެޅުމަށްފަހު މިކްސަރު ޖައްސައިގެން އެތަކެތިން އޮމާން ޕޭސްޓް ގަނޑެއް ހަދާށެވެ. ޖަގެއް ނޫނީ އެކަހަލަ އެހެން އެއްޗެއްގެ ތެރެއަށް އެ ޕޭސްޓް ގަނޑު ފުރާނާލާށެވެ. ރަނގަޅަށް ފުރާނާ ނިމުމުން ފުރޭނީގައި ހަރުލާފައިހުރި ބާކީ ބައި އުކާލާށެވެ.
ދެން ދިޔާ ކިރާއި، އައިސްކްރީމާއި، ހަކުރާއި، ފުރޭނި ކަށިކެޔޮ ފަނިކޮޅު މިކްސަރަށް އަޅާފައި މިކްސަރު ޖައްސައިގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް އެއްވާކަށް މާގިނައިރެއް ނުނަގާނެއެވެ. ދެން ތަށިތަށްޓަށް އަޅާށެވެ. ބޭނުމިއްޔާ އިތުރު އައިސްކްރީމް ސްކޫޕެއް ކޮންމެ ތަށްޓަކަށް ވައްޓާލެވިދާނެއެވެ.