ފިހުނު މަހަކީ ދިވެހިން ތަފާތު ގޮތްގޮތަށް ތައްތާރު ކުރާ އެއްޗެކެވެ. އަދި ހަމަ އެހެންމެ ގިނަ ގޭގޭގައި ކޮންމެހެންވެސް ހާރު ކެއުމުގައި ބޭނުން ކުރާ އެއްޗެއް ވެސް މެއެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ މަސް ފިހާނެ ގޮތެކެވެ.
މީ ވަރަށް އާދައިގެ ގޮތަކަށް ނަމަވެސް ވަރަށް މީރު ކޮށް ތައްޔާރު ކުރެވޭނެ އެއްޗެކެވެ. އަދި މިފަދައިން ފިހުނު މަސް ތައްޔާރު ކުރުމަކީ ވަރަށް ފަސޭހަ އަދި ކުޑަ ވަގުތު ކޮޅަކުން ވާނެ ކަމެއް ވެސްމެއެވެ.
1 ގަނޑު މަސް (ކަނޑުމަސް)
3 މޭޒުމަތީ ސަމްސާ ލޯޖެހި ލޮނުމިރުސް ހަވާދު
1/2 ސައިސަމުސާ އަސޭމިރުސް
1/2 ސައިސަމުސާ ދިރި
1/2 ސައިސަމުސާ އަޖިނަމުޓޯ
1 ފިޔާ (މީޑިއަމް ސައިޒު)
6 ލޮނުމެދު
10 ހިކަނދިފަތް
1 ލުނބޯ ހުތް (މީޑިއަމް ސައިޒް)
ލޮނު
1/4 ޖޯޑު ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތުނި ކޮން ވައްފޮއްޗަކަށް ވާގޮތަށް މަސްގަނޑު ކޮށައިލާށެވެ. އެއަށް ފަހު ތައްޓެއްގައި މިރުސް، އަޖިނަމުޓޯ، ދިރި، އަސޭމިރުސް، ލޮނު އަދި ލުބޯގެ ހުތް އެއްކޮށްލާށެވެ. ދެން މަސްކޮޅު ދޮވެލާފައި މިރުސްގަނޑުގެ ތެރެއަށް އަޅައިލާށެވެ. އެއަށް ފަހު ހުރިހާ މަސްކޮޅެއްގައި މިރުސްކޮޅު ރަނގަޅަށް އުނގުޅައިލާށެވެ.
ތަވާ އަކަށް ތެޔޮ ކޮޅު އަޅައިލާށެވެ. ދެން ދެޔޮ ކޮޅުގެ ތެރޭގައި މަސްކޮޅު އަތުރާލައިށެވެ. ދެން މަސްކޮޅު މައްޗަށް ފިޔާ ތުނިކޮން ކޮށާލުމަށްފަހު އަޅައި ލާށެވެ. އަދި ލޮނުމެދުވެސް ތޮށި ނޮޅާލުމަށްފަހު އަޅައިލާށެވެ. ބޭނުން ނަމަ ތޮއްޓާއި އެކު ދޮވެލައިފައި އެޅިއަސް ރަނގަޅު ވާނެއެވެ. ދެން އެންމެ ފަހުން ހިކަނދިފަތްކޮޅު އަޅައި އުދުން ރޯ ކުރާށެވެ. މަސް ހިފަން ވާނީ އެންމެ މަޑު ގިނީގައިއެވެ. އެއްފަޅި ފިހެވުމުން އަނެއް ފަރާތަށް މަސްކޮޅު ޖެހުމަށްފަހު އަލުން ފިހެލާށެވެ. މިހާރު ހުންނާނީ ފިހުނު މަސް ތައްޔާރު ވެފައިއެވެ.