މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދެއްވައިފި

Author
ހުސައިން
12 މާރޗް 2025 01:33
0

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ހައިސިއްޔަތަކުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އައު ޑެޕިއުޓީ މޭޔަރެއް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.