ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެއަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެއަށް ރީނދޫ ސަމާލު ނެރެފި

ގުޅުންހުރި

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހެނދުނު 9:30 އިން މެންދުރު 1:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފިއެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

މެޓް އޮފީހުގެ މޫސުމާބެހޭ ލަފާގައިވާ ގޮތުން، މެދު ރާއްޖެތެރެއާއި އުތުރު ސަރަހައްދަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އެކި ރަށްތަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އެހެން ސަރަހައްދުތަކަށް ހުޅަނގާއި އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ. މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެކަމަށްވެސް ބެލެވެއެވެ.

ކަނޑުގެ ޙާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެކަމަށް ލަފާކުރެވުނު ނަމަވެސް، އުތުރާއި މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މި ޙާލަތާ ގުޅިގެން، އުތުރާއި މެދުރާއްޖެތެރޭގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ