ޝުހާދު އެމްއެމްއޭ ބޯޑުން އިސްތިއުފާދެއްވައިފި

ޝުހާދު އެމްއެމްއޭ ބޯޑުން އިސްތިއުފާދެއްވައިފި

ގުޅުންހުރި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ މެންބަރު ޝުހާދު އިބްރާހީމް އިސްތިއުފާދެއްވައިފި އެވެ.

އަންނަ މަޢުލޫމާތުތަކުން އެނގޭގޮތުގައި ޝުހާދު އިސްތިއުފާދެއްވާފައިވަނީ ފައިނެންޝަލް ސެންޓަރު އެޅުމަށް އެމްއެމްއޭއިން ބިން ގަތުމުގެ މައްސަލައާ ގުޅިގެންނެވެ. ފައިނެންޝަލް ސެންޓަރު އެޅުމަށް ބިން ގަތުމުގެ ޕްރޮޕޯސަލްގައި ކަންބޮޑުވުންހުރި ރިސްކުތަކެއް ފާހަގަކުރެވިފައިވުމާ ގުޅިގެން، އެ ނިންމުން އަނބުރާ ގެންދިއުމަށް ޝުހާދު ވަނީ ގަވަރުނަރާއި ބޯޑުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

ޝުހާދުގެ އިސްތިއުފާގެ މައިގަނޑު ސަބަބަކީ، ފައިނެންޝަލް ސެންޓަރާ ގުޅޭ އެ ނިންމުން މުރާޖަޢާކުރުމަށް އޭނާއާއި ބޯޑުގެ އިތުރު ދެ މެންބަރުން ހުށަހެޅުމުން، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވުމާ ގުޅިގެން، އިތުރަށް ބޯޑުގައި ހުންނަން ބޭނުންފުޅުނުވުމެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މީގެއިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަޙްމަދު ޒަޔާން މުޙައްމަދު ވެސް ފިނޭންސްގެ އިކޮނޮމިސްޓްގެ މަޤާމުން ވަކިވުމަށް އިސްތިއުފާ ހުށަހަޅުއްވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ލިބިފައިވާ މަޢުލޫމާތުގެ ދަށުން، ޒަޔާން ވަނީ އިސްތިއުފާ ދެއްވުމަށް ދެ މަސްދުވަހުގެ ނޯޓިސްއެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ