އުރީދޫ 5ޖީ ހިދުމަތް ރާއްޖޭގެ 80 ޕަސެންޓް ރަށްތަކަށް ފުޅާކޮށްފި

އުރީދޫ 5ޖީ ހިދުމަތް ރާއްޖޭގެ 80 ޕަސެންޓް ރަށްތަކަށް ފުޅާކޮށްފި

ގުޅުންހުރި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި އަތޮޅުތަކަށް 5ޖީ ހިދުމަތް ފުޅާކޮށް، މިހާރު ރާއްޖޭގެ 80 ޕަސެންޓް ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

އުރީދޫން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު މީހުން ދިރިއުޅޭ 79 ރަށަކާއި 8 ރިސޯޓަކަށް މި ހިދުމަތް ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 225 5ޖީ ސައިޓު ގާއިމުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

"މި ހިދުމަތް ކުރިއަށްވުރެ ފުޅާކުރެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. މި ފުޅާކުރުމާއެކު އުރީދޫ 5ޖީއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކް ކަމުގައި ވެގެންދާނެ. މީގެ ސަބަބުން ހަލުވި އިންޓަނެޓް ސްޕީޑާއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ" ކަމަށް އުރީދޫގެ ސީއީއޯ ނާޞިރު މުޙައްމަދު ވިދާޅުވިއެވެ.

އުރީދޫން އިތުރަށް ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫން 5ޖީގެ ހިދުމަތް ރާއްޖޭގެ 60 ޕަސެންޓަށް ފުޅާކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ ކުންފުނިން ދަނީ މި ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ