މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮޓޯ : ސޯޝަލް މީޑިއާ

ރައްޖޭގެ ބޭރު ފައިސާގެ ރިޒާވް 832 މިލިއަނަށް ޑޮލަރަށް!

ރައްޖޭގެ ބޭރު ފައިސާގެ ރިޒާވް 832 މިލިއަނަށް ޑޮލަރަށް!

ގުޅުންހުރި

އެމްއެމްއޭއިން ދާދި ފަހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބޭރު ފައިސާގެ ޖުމްލަ ރިޒާވް 832 މިލިއަން ޑޮލަރަށް އަރައިފައިވާއިރު، ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓްގެ ގޮތުގައި 832.1 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ޖެނުއަރީ މަހުގައި ހުރި 708.1 މިލިއަން ޑޮލަރާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ.

އަދި ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، ޖެނުއަރީ މަހުގެ ބޭނުންކުރެވޭ ރިޒާވަށްވުރެ 63 މިލިއަން ޑޮލަރު އިތުރުވެ، 54 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހާސިލުކޮށްފައެވެ.

ރިޒާވްގެ ހާލަތު ރަނގަޅުވާން ފަށާފައިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި އިންޑިޔާގެ ރިޒާވް ބޭންކާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާ ގުޅިގެންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ނިމުނު ޖަނަވަރީ މަހު ބޭންކުތަކަށް ޑޮލަރު މާރުކުރުމުން ވެސް ރިޒާވަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ