ބާރަށު ފުއްޓަރު ފަރާތަށް ލައްގާފައި ހުރީ މަސްތުވާތަކެތި ނޫން ކަމަށް ފުލުހުން ބުނެފި

ބާރަށު ފުއްޓަރު ފަރާތަށް ލައްގާފައި ހުރީ މަސްތުވާތަކެތި ނޫން ކަމަށް ފުލުހުން ބުނެފި

Author
ހުސައިން
09 މާރޗް 2025 12:43
0

ހއ. ބާރަށުގެ ފުއްޓަރު ފަރާތަށް ލައްގާފައި ހުރި ބޮނޑި ބޮނޑިއަށް ބަނދެފައިވާ ފަތްތަކަކީ މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މިއަދުގެ ހަވީރު 16:15 ހާއިރު ބާރަށު ފުއްޓަރު ފަރާތުން ގިނަ އަދަދެއްގެ ޕެކެޖްތަކެއް ފެނުނު ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލައިފައެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިއަކު ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ވަނީ، މިހާތަނަށް ބެލި ބެލުމުން އެއީ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް ނުބެލެވޭ ކަމަށް ފާހަގަކޮށްފައެވެ.

"ބާރަށު ފުއްޓަރު ފަރާތަށް ބޮނޑި ބޮނޑިއަށް ބަނދެފައި ހުރި ފަތްތަކެއް ލައްގާފައި ހުރި ކަމުގެ މައުލޫމާތު މިއަދު ހަވީރު 16:15 ހާއިރު ލިބިފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް ނުބެލެވޭ" ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ފުލުހުން މައްސަލަ ތަޙްޤީޤުކުރަމުން ގެންދާ ކަމަށް ބެލެވެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށްތަކަށް ގޮތް ނޭނގޭ ޒާތުގެ ޕެކެޖްތައް ލައްގާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. މީގެތެރޭގައި ބައެއް ފަހަރު މަސްތުވާތަކެތިވެސް ހިމެނެއެވެ. ފުލުހުން ތަކުރާރުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެފަދަ ޕެކެޖްތައް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.