ރެސެޕީ 9: ބްރެޑް ޕިއްޒާ ބައިޓް

ރެސެޕީ 9: ބްރެޑް ޕިއްޒާ ބައިޓް

Author
ހުސައިން
05 މާރޗް 2025 06:33
0

ޕާނަކީ ރޯދަ މަހުގައި އެންމެ އާންމު އެއް ބާވަތެކެވެ. މިއަދު ގެނެސްދޭނީ ބްރެޑް ޕިއްޒާ ބައިޓްއެވެ. މީ ބިޒީ ބޭފުޅުންނަށް ރަނގަޅު ރެސިޕީއަކަށް ވެގެންދާނެއެވެ. އަދި މީ ތައްޔާރު ކޮށްލުމަށް ވަރަށް ފަސޭހަ ބާވަތެއް ވެސް މެއެވެ.

ބޭނުންވާނެ ތަކެތި:

  • 4 ފޮތި ޕާން
  • 2 ސޮސެޖް
  • 4 ފޮތި ޗީޒް
  • 1/2 ޖޯޑު މޮޒެރެލާ ޗީޒް
  • 1/2 ސައި ސަމުސާ ޗިލީ ފްލޭކްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ 4 ފޮތި ޕާން 4 ބަޔަށް ވާގޮތަށް ކަފައިލާށެވެ. އެއަށް ފަހު ޗީޒް ފޮތިވެސް 4 ބަޔަށް ވާގޮތަށް ކަފައިލާށެވެ. ދެން ކޮންމެ ޕާންކޮޅެއް މައްޗަށް ކަފައިލި ޗީޒް ފޮތި ލުމަށްފަހު މައްޗަށް ޗިލީ ފްލޭކްސް ކޮޅެއް ބުރުވައި ލުމަށްފަހު  މޮޒެރެލާ ޗީޒް އަޅާށެވެ. އެންމެ މަތީގައި ސޮސެޖް ވައް ފޮއްޗަށް ވާ ގޮތަށް ތުނިކޮށް ކަފައިލުމަށް ފަހު އަތުރާލާނީއެވެ. ދެން ފިހެލާނިއެވެ. މިހާރު ހުންނާނީ ބްރެޑް ޕިއްޒާ ބައިޓް ތައްޔާޒުވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.