ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑްގެ އަލްފާޟިލް އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކުރައްވައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ޑަބްލިޔުއެމްސީއެލް)ގެ ޗެއަރމަންކަމުގެ މަޤާމަށް މިއަދު ވަނީ އައްޔަނުކުރައްވާފައެވެ.
އެޗްޑީސީގެ އިސް ބޭފުޅުންގެ މައްޗަށް ދާދިފަހުން ހިނގި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވިގެން ދިޔައީ ނާސިފް އެކުންފުނީގެ ޗެއަރމަންކަމުގައި ހުންނަވަނިކޮށެވެ. އަދި އެކުންފުނީގެ އެމްޑީ ފަޒުލް މަގާމުން ވަކިކޮށް ބޯޑުވެސް އޭރު ސަސްޕެންޑް ކޮށްފައި ވެއެވެ. އެހެންނަމަވެސް ނާސިފު ސަސްޕެންޑް ކޮފައި ނުވެއެވެ.