ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިނިސްޓަރު ތޯރިގް "އައިޓީބީ ބާލިން 2025″ އަށް!

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިނިސްޓަރު ތޯރިގް "އައިޓީބީ ބާލިން 2025″ އަށް!

ގުޅުންހުރި

ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމުގައިވާ "އައިޓީބީ ބާލިން 2025″ ގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިނިސްޓަރުގެ މި ދަތުރުގައި އައިޓީބީ ބާލިންގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަދި ބޭރުގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފެއަރގައި ބައިވެރިވާ ރާއްޖޭގެ ޓީމުން މަސައްކަތް ކުރައްވާނީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގައިވާ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެއްވުމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ޓޫރިޒަމް ދާއިރާގެ ގުޅުންތައް ބަދަހިކުރެއްވުމަށް ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މިނިސްޓަރުގެ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ދަތުރެއް ކަމަށް ބެލެވެއެވެ. އައިޓީބީ ބާލިންގައި ރާއްޖެ ތަމްސީލު ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

"އައިޓީބީ ބާލިން" އަކީ ކޮންމެ އަހަރަކުވެސް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ ކަމުގައިވާއިރު، މި ފެއަރގައި ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބައިވެރިވެއެވެ. މި ފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، އިތުރު މާކެޓްތަކަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ