މަޖިލީހުގެ ރޯދަމަހުގެ ފުރަތަމަ ޖަލްސާ ކުރިޔަށް ދިޔައީ އެންމެ 30 މިނިޓަށް!

މަޖިލީހުގެ ރޯދަމަހުގެ ފުރަތަމަ ޖަލްސާ ކުރިޔަށް ދިޔައީ އެންމެ 30 މިނިޓަށް!

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރޯދަމަހުގެ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު ބޭއްވިއްޖެއެވެ. ނަމަވެސް، ޖަލްސާ ފެށިތާ ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި ވަނީ ނިންމާލައިފައެވެ.

މިއަދުގެ ޖަލްސާ ފެށުނީ ހެނދުނު 10:30 ގައި ކަމަށްވާއިރު، 11:00 ހާއިރު ޖަލްސާ ނިންމާލެވުނެވެ. މީގެ ކުރިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ނިންމާލި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ރަމަޟާން މަހު ޖަލްސާތައް ހެނދުނު 10:30 އިން މެންދުރު 14:00 އަށް ކުރިއަށްގެންދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ލިޔުމުން ޖަވާބު ހޯދުމަށް ކުރި ހަތަރު ސުވާލުގެ ޖަވާބު ތަޅުމަށް އިއްވުމާއި، ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ޖަލްސާއާއި އެކު ކޮމިޓީގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ކުރީގައި ޖަލްސާ ކުރުކޮށްލި ދުވަސްތަކުގައި ނަމަވެސް ކޮމިޓީތައް ތާވަލުކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާ އަޅާބަލާއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އިވެމުންދެއެވެ. މިހާރު މަޖިލީހުގެ މެންބަރުންގެ މުސާރައަކީ ކޮމިޓީ އެލަވަންސާ އެކު 82,500 ރުފިޔާއެވެ.

މާލީ އިސްލާހީ އެޖެންޑާގެ ދަށުން، ސިޔާސީ މުވައްޒަފުންނާއި އިދާރާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވީނަމަވެސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ގާނޫނަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެކަމަށް ރައީސަށް ލަފާދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ