122 ފަހަރު ހައްޔަރުކުރެވިފައިވާ މީހަކު ފޭރުމުގެ މައްސަލައެއްގައި އަނެއްކާ ހައްޔަރުކޮށްފި

122 ފަހަރު ހައްޔަރުކުރެވިފައިވާ މީހަކު ފޭރުމުގެ މައްސަލައެއްގައި އަނެއްކާ ހައްޔަރުކޮށްފި

ގުޅުންހުރި

އެކި އެކި މައްސަލަތަކުގައި 122 ފަހަރަށްވުރެ ގިނައިން ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށީ، ލަކީހައުސް، ސަފްވާން އަލީ ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފޭރުމުގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެ އެއްވެސް ޝަރުތެއް ނެތި ސަފްވާން ވަނީ ދޫކޮށްލާފައެވެ.

މީގެ ކުރިން ސަފްވާނަކީ އެކި އެކި ކުށްތަކުގައި ތަކުރާރުކޮށް ހައްޔަރުކުރެވިފައިވާ މީހެކެވެ. އޭގެ ތެރޭގައި ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގުމުގެ މައްސަލަތައް ހިމެނެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ފަހުކޮޅު ރަސްފަންނު ބީޗުން ދަބަހެއް ވަގަށް ނެގުމުގެ ތުހުމަތުގައިވެސް އޭނާ ވަނީ ހައްޔަރުކުރެވިފައެވެ.

ފުލުހުންގެ ރިކޯޑުތަކުން ދައްކާގޮތުގައި، ސަފްވާން އަލީ މިހާތަނަށް 122 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރެވިފައިވާއިރު، ގިނަ މައްސަލަތަކުގައި ޝަރީޢަތުން އޭނާއަށް އަދަބު ކަނޑައެޅިފައިނުވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ