ރެސިޕީ 2: ޗިކަން ބޯލް

ރެސިޕީ 2: ޗިކަން ބޯލް

ގުޅުންހުރި

ޗިކަން ބޯލް އަކީ އެކި ގޮތްގޮތަށް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. އަދި މީގެ ސައިޒް އަކީ ވެސް އެމީހަކު ބޭނުން ސައިޒެއް ހިޔާރު ކުރެވޭނެ އެއްޗެކެވެ. މީ ތައްޔާރު ކޮށްލަން ފަސޭހަ އަގަޔަށް މީރު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ޗިކަން ބްރެސްޓް ( ފެނުކައްކައި ޝްރެޑް ކޮށްލައިފައި)
  • 2 މޭޒުމަތީ ސަމުސާ ފިޔާ (ޗޮޕް ކޮށްފައި)
  • 1/2 ސައި ސަމުސާ ލޮނުމެދު (ޗޮޕް ކޮށްފައި)
  • 1/2 ސައި ސަމުސާ އަސޭމިރުސް
  • 1/2 ޖޯޑު ޕެޕާ (ޗޮޕް ކޮށްފައި)
  • 1/2 ޖޯޑު ކެރެޓް
  • 1/2 ޖޯޑު މަޔޮނައިސް
  • 6 ފޮތި ޕާން
  • 3 މޭޒުމަތީ ސަމުސާ ތެޔޮ
  • ލޮނު ކޮޅެއް

ކޯޓް ތައްޔާރު ކުރާން ބޭނުންވާނީ:

  • 2 ބިސް
  • 1 ޖޯޑު ފާރޮށި ކުނޑި

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާށެވެ. ދެން ތެޔޮ ކޮޅު އަޅައި ހޫނު ވުމުން ފިޔާ އަދި ލޮނުމެދު އަޅައި ރަނގަޅަށް ހަނާވުމުން ކުކުޅު އަޅާށެވެ. އެއަށް ފަހު ޕާން އަދި މަޔޮނައިސް ފިޔަވާ ބާކީ ހުރި އެއްޗެހި އަޅާށެވެ. ދެން ލޮނު ހެޔޮވަރު ކުރުމަށް ފަހު ހިހޫ ކުރުމަށް ބައިންދާށެވެ. ހިހޫ ވުމުން މަޔޮނައިސް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޕާން ފޮތި ތަށް ކައިރި ނެގުމަށްފަހު ފެންތަޓަކަށް ލައިފައި ނަގާށެވެ. ހަދާނުގައި ބަހައްޓަންވީ ކަމަކީ ޕާން ފޮތީގެ އެއްފަޅި ފެނުގައި ޖައްސާލުމަށް ފަހު މާބޮޑަށް ފޯ ނުވަނީހެން ނެގުމެވެ. އެއަށް ފަހު ފެންކޮޅެއް ހުރި ނަމަށް ދެއަތުގެ މެދަށް ލައި ފިތާލުމަށްފަހު ފެންކޮޅު ނެރެލާށެވެ. ދެން ތައްޔާރު ކުރި ކުކުޅު ކޮޅު ޕާންފޮތި މެދަށް ލުމަށް ފަހު ބޯޅައެއް ހެން ނުވަތަ ގުޅައެއް ހެން ހަދައިލާށެވެ.

ބިސް ތަޅައި ލުމަށްފަހު ތައްޓަކަށް އަޅައި ރަނގަޅަށް ގަށައިލާށެވެ. އެހެން ތައްޓަކަށް ފާރޮށި ކުނޑި ކޮޅު އަޅައިލާށެވެ. އެއަށް ފަހު ތައްޔާރު ކުރި ބޯލް ތަށް ފުރަތަމަ ބިސް ތެރެއަށް ލައި ކޯޓްއެއް ލުމަށްފަހު ފާރޮށު ކުނޑީގެ ކޯޓެއް ލާށެވެ. އެއަށް ފަހު ޗިކަން ބޯލްތަށް މަޑު ގޯލްޑެން ބްރައުން ކުލަ އެއް އަރަންދެން ތެލުލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ