މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް، ބައެއް ޕްރޮޖެކްޓްތައް ބިޑުނުކޮށް ބަޔަކާއި ހަވާލު ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފި

މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް، ބައެއް ޕްރޮޖެކްޓްތައް ބިޑުނުކޮށް ބަޔަކާއި ހަވާލު ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފި

ގުޅުންހުރި

އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ފެންވަރު ރަނގަޅުކޮށްދޭ އަދި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ބިޑުނުކޮށް ބަޔަކާއި ހަވާލު ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފިއެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި ވަނީ ކަމާގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމެޓީއަކުން ކަނޑައަޅާ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ފެންވަރު ރަނގަޅުކޮށްދޭ އަދި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިތުރުން، "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕުރޮގުރާމު" ގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަދި އިސްތިސްނާ ދެވޭ މަޝްރޫއު ހަވާލުކުރާ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރުކުރުމުގައި މިނިސްޓްރީން ކަނޑައަޅާ ހާއްސަ މިންގަނޑެއް ބޭނުންކުރުމަށް ގަވާއިދު ހުރަސް ނާޅާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ