ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
ހުސައިން
22 ފެބްރުއަރީ 2025 08:55
0

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންތަކުގެ ދަށުން ބުރާސްފަތި ދުވަހު ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންގެ ތެރޭގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއް އަދި ކެފޭއެއްވެސް ވަނީ ބަލައި ފާސްކުރެވިފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ތިން އަހަރުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.