ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ގުޅުންހުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑި، ބައެއް ހިދުމަތްތަކަށް ބުރޫއަރައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެއާޕޯޓުގެ ކަރަންޓު ކެނޑުމާ ގުޅިގެން ލަގެޖު ބެލްޓުތައް ހުއްޓި، އެހެނިހެން ބައެއް ހިދުމަތްތަކަށް ބުރޫއަރައި، ބައެއް ފުލައިޓުތަކުގެ ފުރުން ލަސްވެފައިވާ ކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން އާންމު ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލު މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ކަރަންޓު ކެނޑިފައިވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް ފަޅިން ކަމަށާއި، މިހާރު އެއާޕޯޓުގައި ހުރި ބެކްއަޕް ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. އަދި ހިދުމަތްތަކަށް ބުރޫއަރާފައި ނުވާ ކަމަށާއި ހިދުމަތްތައް އަދިވެސް ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މައި ދޮރުއަށިން ކަރަންޓު ކެނޑުނު ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަން ދެނެގަތުމުގެ މަސައްކަތް އެމްއޭސީއެލްގެ ޓީމުން މިހާރު ކުރަމުންދެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްއިން ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު ހިދުމަތް ހޯދަމުންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ