މެޒޯ މުހައްމަދަކީ އެންމެ ގާތް އެއް އެކުވެރިއެއް ކަމަށާއި އަދި އޭނާއަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ މުހިންމު ބައިވެރިއެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޝީދު މިހެން ވިދާޅުވީ ކުއްލި ގޮތަކަށް މެޒޯ މުހައްމަދު މިއަދު ނިޔާވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
Mezzo Mohamed akee alhuganduge enme gaaiy rahumaiytherin kuren ekakeve. Alhuganduge aanmu masahkathakuge bodu baiveri ekeve. Raajje Democracy ah kuri dhathuruge hihsaa dhaarekeve.
Mohamed ah suvarugeyge mathiveri niumaiy minvaru kuravvaa, aailaa ah keiytherikan dhevvaashi! pic.twitter.com/30fcs6FZkx— Mohamed Nasheed (@MohamedNasheed) February 12, 2025
މި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެއް ބޭފުޅާކަމަށާއި، އަދި އޭނާއަކީ އާންމު މަސައްކަތްޕުޅުތަކުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށެވެ. ޚާއްޞަކޮށް، ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި މެޒޯ މުހައްމަދުގެ ހިއްސާ ފާހަގަކޮށްލެވޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މެޒޯ މުހައްމަދު ވަނީ ދިވެހި މުޖުތަމައުގެ ތެރޭގައި މަޤްބޫލުކަން ލިބިފައިވާ ގިނަ އުފެއްދުންތަކެއް އަމިއްލަފުޅަށް އުފައްދަވައި، ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާފައެވެ.
އުމުރުފުޅުން 59 އަހަރުގެ މެޒޯ މުހައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް އެނގިފައި ވެއެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވަކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސް ނަޝީދު ވަނީ މަރުހޫމް މެޒޯ މުހައްމަދަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް އެދިވަޑައިގަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.