މާދަމާ ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެ: އިމިގްރޭޝަން

މާދަމާ ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެ: އިމިގްރޭޝަން

މާދަމާ ބޭއްވޭ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެތީ، ސަރުކާރުން އެ ދުވަސް ބަންދު ކުރި ނަމަވެސް، އިމިގްރޭޝަނުން ވަނީ އެދުވަހު ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެކަން އިއުލާނުކޮށްފައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލެ އަދި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން މި ޚިދުމަތް ފޯރުކޮށްދޭނެއެވެ. އޮފީހަށް ޙާޟިރުވެގެން ޚިދުމަތް ހޯދެން ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށާއި، މި ގޮތަށް އޮފީހަށް ޙާޟިރުވެ ޚިދުމަތް ހޯދޭނީ ހަމައެކަނި އުމުރުން ދުވަސްވީ ފަރާތްތަކަށެވެ. އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ޚިދުމަތް ހޯދަން އައުމަށް އިމިގްރޭޝަނުން ވަނީ އަންގަވާފައެވެ.

އެހެނިހެން ފަރާތްތަކަށް އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މި ޚިދުމަތް ލިބެން ހުންނާނެކަމަށް އިމިގްރޭޝަނުން ވަނީ އަންގަވާފައެވެ. އަދި ޕާސްޕޯޓު ނަގަން އަންނަ ފަރާތްތަކަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ހަމައަށް ކަމަށްވެސް އިމިގްރޭޝަނުން ވަނީ އަންގަވާފައެވެ.

ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނާއި، ޕާސްޕޯޓު ހެދުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މި ޚާއްސަ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *