މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީ ޕީޖީ ލީޑަރ އިބްރާހިމް ފަލާހު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ މި ޤައުމު ދުށް އެންމެ އަމާނާތްތެރި ރައީސް ކަމުގައި ވިދާޅުވެފައެވެ. މި ޕޯސްޓް ކުރެއްވީ ޕީއެންއެފްގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުއްﷲ ޔާމިން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑަރ ކުރާ ހަމައެކަނި ރައީސް ކަމަށް ވިދާޅުވެފައެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޔާމިނަކީ މިފަހުގެ ތާރީހުގައި މި ގައުމު ދުށް އެންމެ ބޮޑު މަކަރުވެރި އަދި ހިޔާނާތްތެރިޔާ ކަމަށެވެ. އަދި "ކުރެވުނު ކަންކަން އޮއްބާލަން ނޫޅުއްވާ! އިންސާފު އަރާ ހަމަ ކުރާނެ" ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުން ރައީސް ޔާމިން އަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައެވެ.
ކޮމެންޓު ފޮނުވާ