އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު، ތިލަމާލެ ބުރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު، ތިލަމާލެ ބުރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

Author
ހުސައިން
03 ފެބްރުއަރީ 2025 08:42
0

އިންޑިއާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ރާއްޖެއަށް ވަޑައިގެން ތިލަމާލެ ބުރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. މި ދަތުރުގައި އޭނާއާއެކު އިމާރާތް ކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބުރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރެވުނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ޒިޔާރަތްކުރި ވަފުދުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަވައްޓެރި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުއަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖްގެ މަޝްރޫޢުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.