2024 ވަނަ އަހަރު އުރީދޫއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

2024 ވަނަ އަހަރު އުރީދޫއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އުރީދޫ މޯލްޑިވްސްއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރު އުރީދޫއަށް ލިބިފައިވަނީ 2.09 ބިލިއަން ރުފިޔާއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 554 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި 540 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރުގައި 544 މިލިއަން ރުފިޔާ، އަދި ހަތަރުވަނަ ކުއާޓަރުގައި 563 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯބައިލް ޚިދުމަތްތަކުން ކަމަށްވާއިރު، މި ދާއިރާއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފިކްސްޑް، ބްރޯޑްބޭންޑް އަދި ވިޔަފާރި ޚިދުމަތްތަކުން 520 މިލިއަން ރުފިޔާ އަދި އެހެނިހެން ޚިދުމަތްތަކުން 1.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު، ޓެކުހަށް ކެނޑުމުގެ ކުރިން އުރީދޫގެ ފައިދާ 809 މިލިއަން ރުފިޔާގައި ހުރިއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 684.1 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *