ހުރާގައި ހިންގު ޚާއްސަ އޮޕަރޭޝަނެއްގައި، އުސޫލާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުރާގައި ހިންގު ޚާއްސަ އޮޕަރޭޝަނެއްގައި، އުސޫލާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
ހުސައިން
30 ޖެނުއަރީ 2025 06:23
0

އިމިގްރޭޝަނުން ކ. އަތޮޅު ހުރާގައި ޚާއްސަ އޮޕަރޭޝަނެއް ހިންގައި، އުސޫލާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކްފޯހުން ކުރިއަށް ގެންދިޔަ ޚާއްސަ ރެއިޑު އޮޕަރޭޝަނެކެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މާލެ އަދި ހުޅުމާލޭގައި ނުގަވައިދުން އުޅުނު ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެ ތެރެއިން ބައެއް މީހުން ވަނީ ޑީޕޯޓްވެސް ކޮށްފައެވެ.

މާލޭގައި މި އޮޕަރޭޝަން ފުޅާކުރުމާ ގުޅިގެން ބިދޭސީން އަތޮޅުތެރޭގެ ރަށްތަކަށް މިސްރާބު ޖަހާފައިވާތީ، އިމިގްރޭޝަނުން ވަނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ބިދޭސީން އެންމެ ގިނައިން އުޅޭ ރަށްތަކަށް އޮޕަރޭޝަން ފުޅާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.