ބިދޭސީން މޮނިޓަރކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ބިދޭސީން މޮނިޓަރކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

Author
ޙަސަން މުޙައްމަދު
27 ޖެނުއަރީ 2025 06:48
0

އިމިގްރޭޝަން މޯލްޑިވްސްއިން އިއްޔެ ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން މޮނިޓަރކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހީނާމާގޭ ޕާކިންގ، ޒިކުރާ މިސްކިތް ސަރަހައްދު އަދި ބޮނޑިބަތް ޕާކު ސަރަހައްދުގައެވެ. އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން މި އޮޕަރޭޝަން ހިންގާފައިވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފާހަގަކުރުމުގެ މަގްސަދުގައެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އެގޮތުން އިމިގްރޭޝަނުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އޮޕަރޭޝަންތަކެއް ހިންގައި، ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.