އުރީދޫގެ ކަސްޓަމަރުންނަށް ބޭއްވި ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންގައި ބައިވެރިވުމަށް ފުރައިފި

އުރީދޫގެ ކަސްޓަމަރުންނަށް ބޭއްވި ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންގައި ބައިވެރިވުމަށް ފުރައިފި

Author
ހުސައިން
17 ޖެނުއަރީ 2025 12:18
0

އުރީދޫގެ ކަސްޓަމަރުންގެ މެދުގައި ބޭއްވި ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން މިއަދު ދޯހާ މެރެތަންގައި ބައިވެރިވުމަށް ވަނީ ފުރައިފައެވެ. މިގޮތުން ކަސްޓަމަރުންގެ ތެރެއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދުގެ އިތުރުން، އުރީދޫގެ މުވައްޒަފުންގެ މެދުގައި ނެގުނު ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދު ވެސް ވަނީ މިއަދު ދޯހާއަށް ފުރައިފައެވެ.

ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ލިބިފައިވާ ދޯހާ މެރެތަންގައި މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. މި މެރެތަންގައި ދުވުމުން އެހެނިހެން މަޝްހޫރު މެރެތަންތަކުގައި ބައިވެރިވުމަށް ކޮލިފައިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫއިން ކަސްޓަމަރުންނަށް އެކި ފުރުސަތުތައް އަބަދުވެސް ތަނަވަސްކޮށްދެމުން އަންނަ ކަމާއި، މިދިޔަ އަހަރުވެސް އެ ކުންފުނީގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ވަނީ ދޯހާ މެރެތަންގައި ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.