ނަމަނަމަ އިސްޓާކީން ލައިގެން ނުނިދާތި!

ނަމަނަމަ އިސްޓާކީން ލައިގެން ނުނިދާތި!

Author
ފާތިމަތު ނާވީ
31 ޑިސެމްބަރ 2020 08:28
0

އަރާމުކޮށް ނިދާލުމަށްޓަކައި އިސްޓާކީނު ލައިގެން ނިދަނީ ކިތަށް މީހުން ހެއްޔެވެ؟ ނަމަވެސް މި އާދައަކީ ހުއްޓަން ޖެހޭ އާދައެއް ކަމަށް ޑަކްޓަރ ޕްރިތަމް މޫން ބުނެއެވެ.

އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ނިދާއިރު ހިތުގެ ވިންދު ހުންނަ ގޮތްތަކަށް ބަދަލު އާދެއެވެ. އަދި ބައެއް މީހުންގެ ހަންގަނޑު ހަލާކުވުމުގެ ފުރުސަތުވެސް ބޮޑެވެ.

މިކިޔައި ދެނީ އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ދިމާވެދާނެ ކަންކަންކަމަށް ސިއްހީ މާހިރު، ޑަކްޓަރ ޕުރިތަމް މޫން ފާހަގަކޮށްފައިވާ ކަންކަމެވެ.

  • ލޭގެ ޕްރެޝަރަަށް ބަދަލުއައުން

އިސްޓާކީނު ލައިގެން ނިދަން އޮތުމުގެ ސަބަބުން ބައެއް މީހުންގެ ލޭގެ ސަރކިއުލޭޝަން މަތިވި ކަމުގައ ވިޔަސް ބައެއް މީހުންގެ ސާކިއުލޭޝަން ދައްވެއެވެ. އެހެންކަމުން ލޭގެ ޕްރެޝަރ ދައްވުން ނޫނީ މަތިވުން ދިމާވެއެވެ.

  • ހަންގަނޑުގެ އިންފެކްޝަންތައް ޖެހުމަށް މަގުފަހިވުން

ނައިލޯނުން ހަދާފައިވާ އިސްޓާކީނުގެ ސަބަބުން އިންފެކްޝަންތައް އުފެދުމަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. އެހެންކަމުން ހަންގަނޑަށް ފަސޭހަ ކަފައިން ހަދާފައިވާ އިސްޓާކީނު ބޭނުންކުރާށެވެ.

  • ނިދަން އުނދަގޫވުން އަދި ހަށިގަނޑުގެ ފިނިހޫނު މިން މަތިވުން

އިސްޓާކީނާއި ނުލައި ފައި ހޫނުކޮށް ބެހެއްޓޭނެ ގޮތްތަކަކީ ނިދުމުގެ ކުރިން ފައި ތެޔޮ ލައިގެން މަސާޖް ކުރުމާއި، ފައި ހޫނު ފެނުން ދޮވުމެވެ. އަދި ނިދުމުގެ މަދުވެގެން  އެއްގަޑިއިރު ކުރިން އިސްޓާކީނުލައި ނިދަން ވުމުން ބާލާނީއެވެ. އިސްޓާކީނު ލައިގެން ނިދި ހަރާބު ވުންވެސްް ގާތެވެ. ސަބަބަކީ އިސްޓާކީން ލައިގެން ނިދަން އުދަގޫވާނެތީއެވެ.

ނިދާއިރު ފައި ހޫނުކޮށް ބަހައްޓަން ބޭނުން ނަމަ ހޫނު ތެޔޮ ފޮދަކުން މަސާޖު ކޮށްލެވިދާނެ އެވެ. ނޫންނަމަ ނޫހު ފެން ޕެކެއް ބޭނުން ކޮށްގެން ވެސް ފައި ހޫނު ކޮށްލެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.