ސީރިޔާގެ އައު ސަރުކާރުގެ ފޮރިން މިނިސްޓަރ އަސައުދީ އަރަބިއްޔާއަށް ވަޑައިގެންވި

ސީރިޔާގެ އައު ސަރުކާރުގެ ފޮރިން މިނިސްޓަރ އަސައުދީ އަރަބިއްޔާއަށް ވަޑައިގެންވި

Author
ޙަސަން މުޙައްމަދު
02 ޖެނުއަރީ 2025 08:48
0

ސީރިޔާގެ އައު ސަރުކާރުގެ ފޮރިން މިނިސްޓަރ އަސްއަދު އަލް ޝައިބާނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ. ޑިސެމްބަރ 8 ގައި ރައީސް ބައްޝާރު އަސަދުގެ ވެރިކަން ނިމުމަށްފަހު އެކުލަވާލެވުނު އައު ސަރުކާރުގެ އިސްވެރިއަކު ސައުދީއަށް ކުރައްވާ މިފުރަތަމަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އައު ސަފުހާތަކެއް ހުޅުވިގެންދާނެ ކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

ޑިސެމްބަރ 21 ގައި ފޮރިން މިނިސްޓަރުކަމަށް އައްޔަނުކުރެވުނު ޝައިބާނީ، ސައުދީގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި، ޑިފެންސް މިނިސްޓަރ މުއްރަފް އަބޫ ޤައްސާރު އަދި ޖެނެރަލް އިންޓެލިޖެންސް ސަރވިސްގެ އިސްވެރިޔާ އަނަސް ޚައްތާބު ބައިވެރިވެވަޑައިގަންނަވައެވެ. ހަމައެހެންމެ ދާދިފަހުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި، ހުޅަނގުން ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޝައިބާނީ ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.