ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެފޮތެއް މަޝްހޫރު އެމެޒަންގައި ޝާއިއުކޮށްފި

ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެފޮތެއް މަޝްހޫރު އެމެޒަންގައި ޝާއިއުކޮށްފި

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2020 01:21
0

ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެފޮތެއް މަޝްހޫރު އެމެޒަންގައި ޝާއިއުކޮށްފި އެވެ.

މި ދެފޮތަކީ 2040ގެ ތަސައްވަރާއި ގުޅޭގޮތުން ދިވެހި ކުޑަކުދިން ލިޔެތައްޔާރު ކުރި ދެ ފޮތެވެ. އެގޮތުން މީގެތެރެއިން އެއް ފޮތަކީ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވަރު ކުރާ ގޮތާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ.

އަދި އަނެއް ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވަރު ކުރާ ގޮތާ ގުޅޭގޮތުން އެކުލަވާލާފައިވާ ފޮތެކެވެ. އެގޮތުން މީގެ 20 އަހަރު ފަހުން މީހުން އަދާކުރާނެ ވަޒީފާ ތަކާއި ޖައްވައް ދަތުރުފަތުރު ކުރުމާއި އެފަދަ އެތައްކަމެއް އެކުދިން ތަސައްވަރުގައި ހުރިގޮތަށް ފޮތުގައި ލިޔެފައިވެއެވެ. އަދި ފޮތުގެ ހުރިހާ މަސައްކަތެއް، ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިން ނެވެ.

މި ދެފޮތަކީވެސް ޕްރޮފެސަރ އުގައިލްގެ އުގައިލް ފައުންޑޭޝަގެ ކިޑްސް ސަރކަލް އިން އެކުލަވާލާ ތައްޔާކުކޮށްފައިވާ 2 ފޮތެވެ. މިއިން ކޮންމެ ފޮތެއްވެސް އެމެޒަންގައި ވިއްކަންހުރީ 19.90 ޑޮލަރަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Maree
Aachaa