އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ހަދަން ނިންމައިފި

އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ހަދަން ނިންމައިފި

Author
އަހުމަދު
21 ޑިސެމްބަރ 2024 02:30
0

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް (އައިޑީއޭސީ) ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ހެދުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އެމްއެމްއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.  މިކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އަންނަ އަންްގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އީމެއިލް ކުރުމަށް އެދިފައިވެއެވެ.

އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރުގެ މައިގަނޑު މަގްސަދަކީ ޝަރީއާ ހުއްދަކުރާ އުސޫލާ އެއްގޮތަށް ރާއްޖޭގެ މާލީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުގައި އިސްލާމިކް ފިންޓެކް ކުރިއަރުވައި ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ކުރިއަރުުވަން މަސައްކަތް ކުރުމެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.