"އުރީދޫ ފަން ރަން 2024″ ކާމިޔާބު ކަމާއެކު ނިންމާލއިފި، އަންނަ އަހަރުގެ ރަން ފުވައްމުލަކުގައި

"އުރީދޫ ފަން ރަން 2024″ ކާމިޔާބު ކަމާއެކު ނިންމާލއިފި، އަންނަ އަހަރުގެ ރަން ފުވައްމުލަކުގައި

ގުޅުންހުރި

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު އިންތިޒާމްކުރާ ބޮޑު ދުވުން ކަމަށްވާ "އުރީދޫ ފަން ރަން 2024″ އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އުރީދޫއިން މިފަދަ ގޮތަކަށް އިންތިޒާމްކޮށްގެން ބޭއްވި 6 ވަނަ ދުވުމެވެ.

ހަވީރު ވާރޭ ވެހުނު ނަމަވެސް، ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދެވުނު މި ދުވުމުގައި 6,000 މީހުން ބައިވެރިވެފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މަޖާ ކުޅިވަރުތަކާއެކު ބައިވެރިންގެ ހޫނު ތަރުހީބު ލިބިފައިވެއެވެ. ދުވުމުގެ ކޮންމެ ކިލޯމީޓަރެއްގައި ދުވުންތެރިންނަށް މަރުހަބާ ކިޔަން ފަން ސްޓޭޝަންތައް ބެހެއްޓިފައިވާއިރު، ކުލަ ޖެހުމާއި އޮބްސްޓެކަލްސްތައް ހުރަސްކުރުން ފަދަ ހަރަކާތްތަކުގެ އިތުރުން ފޯމް ޕާޓީއެއްވެސް ބާއްވާފައިވެއެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވި މި ދުވުން ފެށުމުގެ ކުރިން، ނައިބު ރައީސް ވަނީ ބައިވެރިންނާއެކު ޚާއްޞަ ސެލްފީއެއް ނަންގަވާފައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓްކޮށް، އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މި ދުވުން، މާލެ ސަރަހައްދުން ބޭރަށް ފުޅާކުރުމުގެ ގޮތުން، އަންނަ އަހަރު "ފަން ރަން ފުވައްމުލަކު އެޑިޝަން" އެއް ބާއްވާނެކަމަށް އުރީދޫއިން އިޢުލާންކޮށްފައިވެއެވެ. އަދި މިކަމާ ގުޅިގެން މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ވަނީ ފުވައްމުލައް ސިޓީގެ މޭޔަރަށް ހަނދާނީ ފިލައެއް ހަވާލުކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ