ވެމްކޯއިން އާ ހިދުމަތެއްގެ ގޮތުގައި އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ

ވެމްކޯއިން އާ ހިދުމަތެއްގެ ގޮތުގައި އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ

Author
ހުސައިން
14 ޑިސެމްބަރ 2024 03:22
0

ވެމްކޯއިން އާ ހިދުމަތެއްގެ ގޮތުގައި އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ. މި ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ވެމްކޯގެ ފަރާތުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ކުރިއަށްދަނީ އެ ހިދުމަތަށް ބޭނުންވާ އެކި ޕެކޭޖުތައް ތައްޔާރުކުރުމާއި، ހިދުމަތަށް ނަގާނެ އަގުތައް ކަނޑައެޅުމުގެ މަސައްކަތެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދަނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުގެ މަޝްވަރާއާ އެކުގައިކަން ފާހަގަކޮށްފައިވެއެވެ.

އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ފެށުމުގެ ކުރިން އިންޓާނަލް ރިސާޗް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި މި ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވެމްކޯއިން ބުނެފައިވެއެވެ. މިވަގުތު ވެމްކޯއިން ދެމުންގެންދަނީ އިމާރާތް ތަޅާލުމުން އުފެދޭ ގާކުނޑިތައް ނަގައިދިނުމުގެ ހިދުމަތް އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.