އޭދަފުށި ނެރު ފުންކުރުމުގެ %93 މަސައްކަތް ނިންމައިފި

އޭދަފުށި ނެރު ފުންކުރުމުގެ %93 މަސައްކަތް ނިންމައިފި

ބ. އޭދަފުށީ ނެރު ފުންކުރުމުގެ %93 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ %93 ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %87 ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައި ކަމަށާއި މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީން ހިންގާ މަޝްރޫއުގެ ދަށުން 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 402 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 170 މީޓަރުގެ ބޭރުތޮށި ލުމާއ،ި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 18 މީޓަރު ދިގު 2 މީޓަރު ފުޅާބްރިޖެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *