މެޑިކަލް ކުނި ނައްތާލުމަށް އައު ފެސިލިޓީއެއް ބާރަށުގެ ސިއްހީ މަރުކަޒުގައި ގާއިމް ކޮށްފި

މެޑިކަލް ކުނި ނައްތާލުމަށް އައު ފެސިލިޓީއެއް ބާރަށުގެ ސިއްހީ މަރުކަޒުގައި ގާއިމް ކޮށްފި

Author
ހުސައިން
27 އޮކްޓޯބަރ 2024 02:24
0

ހއ. ބާރަށުގެ ސިއްހީ މަރުކަޒުގައި މެޑިކަލް ކުނި ނައްތާލުމަށް އައު ފެސިލިޓީއެއް ގާއިމުކޮށްފިއެވެ.

މި މަޝްރޫއަކީ އެންވަޔަރަމަންޓް މިނިސްޓްރީން ޖީއީއެފްގެ މާލީ އެހީގެ ދަށުން ހިންގާ ޕޮޕްސް މަޝްރޫއުގެ ބައެކެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އައު ފެސިލިޓީއަކީ މެޑިކަލް ކުނި ނައްތާލާނީ ތިމާވެއްޓާ ރައްޓެހި އުސޫލަކުން ކަމަށާއި، މިކަމުގެ ސަބަބުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުވެގެންދާނެއެވެ.

މީގެ އިތުރުން، މި އައު ނިޒާމުގެ ސަބަބުން ބާރަށު ރައްޔިތުންގެ ސިއްހަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.