ޑރ. އިޔާޒުގެ އަނބިކަބަލުން ހައްޔަރު ކޮށްފި

ޑރ. އިޔާޒުގެ އަނބިކަބަލުން ހައްޔަރު ކޮށްފި

Author
ހުސައިން
28 އޮގަސްޓް 2024 03:46
0

ސައުދީ ސަފީރުގެ ގެކޮޅު ކައިރީގައި ފަލަސްތީނު މައްސަލައާ ގުޅިގެން ސިލްސިލާކޮށް އިހުތިޖާޖުކުރަމުންދާ އަންހެނުންގެ ތެރެއިން ދެ ކަނބަލަކު ފުލުހުން  ހައްޔަރުކޮށްފިއެވެ.

މި ދެ ކަނބަލުންނަކީ ޝާދިޔާ އާއި ޑރ. ޝަޒުރާ އެވެ. ޝާދިޔާއަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝީ ބިލްޑިންގ ކައިރިން، ފުލުހުންގެ ޓީމެއް އައިސް ކޯޓު އަމުރެއްގެ ދަށުންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި އިހުތިޖާޖުތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ކުރަމުންދާ ޕްރެޝަރާ އެކު، ސަރުކާރުން ވަނީ އިހުތިޖާޖުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ޑރ. އިޔާޒާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީވެސް މި މައްސަލައާ ގުޅުން އޮތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި ހައްޔަރުކުރުންތަކަކީ ފަލަސްތީނު މައްސަލައާ ގުޅިގެން ކުރެވެމުންދާ އިހުތިޖާޖުތަކާ ގުޅުވައިގެން އަޅާ ފިޔަވަޅުތަކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.