ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ތައިލެންޑުގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

Author
ޙަސަން މުޙައްމަދު
18 އޮގަސްޓް 2024 10:20
0

ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ޕެޓޮންގޓާން ސިނޮވަޓްރަ ޢައްޔަނު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓެއްގައި ތައިލެންޑުގެ އައު ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ އެކަމަނާގެ ލީޑަރޝިޕްގެ ދަށުން ތައިލެންޑަށް އާރޯކަމާއި ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދެޤައުމު ގުޅިގެން ކުރިޔަށްގެންދާ މަސައްކަތްތަކާ ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާ ތައިލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.