އެމްއެމްއޭއަކީ މިނިވަން މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރާންޖެގޭ ދައުލަތުގެ ސެނެްޓްރަލް ބޭންކު

ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން އެމެރިކާ ޑޮލަރު: އެމްއެމްއޭ

ބޭނުންކުރެވޭ ރިޒާވްގައި ހުރީ 45 މިލިއަން އެމެރިކާ ޑޮލަރު: އެމްއެމްއޭ

ޖުލައި މަހު ނިމުނުއިރު އެ އިދާރާގެ ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން އެމެރިކާ ޑޮލަރު ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި ވެއެވެ.

ބޭނުންކުރެވޭ ރިޒާވްގެ ބޭނުމަކީ ޤައުމަށް ބޭނުންވާ ތެލާއި ބޭސްފަދަ އަސާސީ މުދާ އިމްޕޯޓުކުރުމެވެ.

ބޭނުންކުރެވޭ ރިޒާވާ ބެހޭގޮތުން އެމްއެމްއޭ އިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ، މި މަހުގެ ނިޔަލަށް ރިޒާވް ހުސްވެދާނެކަމަށް ބަލާ، އެމްއެމްއޭ އިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވި ސިޓީއެއް މީޑިއާގައި ލީކްވެފައިވަނިކޮށެވެ.

ލީކްވި ސިޓީގައިވާ ގޮތުން، ފާއިތުވި މަހު ބޭނުންކުރެވޭ ރިޒާވް 17.6 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވެއެވެ.

ނަމަވެސް، އެމްއެމްއޭ އިން މީޑިއާއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2019 ވަނަ އަހަރު އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފިނޭންސް އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ޖަމާކުރެވިފައިވާ ޑޮލަރު، އެމްއެމްއޭ ގައި ޖަމާކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިކަން ހުއްޓާލެވިފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، މިހާރު އެސްޑީއެފްގައި 65 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއަހަރުގެ ޖުލައި މަހު ޖުމްލަ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 45 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. ބޭނުންކުރެވޭ ރިޒާވްގެ ތެރޭގައި އެސްޑީއެފްގައި ހުރި ފައިސާ ނުހިމެނެއެވެ.

އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ޤައުމުގެ ފަތުރުވެރިކަމާ ގުޅުންހުރި ސިނާއަތްތައް ކުރިން ލަފާކުރި ވަރަށްވުރެ ބޮޑަށް ކުރިއަރާނެކަމަށް ބެލެވޭ ކަމަށާއި، މިކަމުގެ ސަބަބުން ރިޒާވަށް އެދެވޭ އަސަރެއް ކުރާނެ ކަމަށެވެ.

އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުޢާމަލާތްތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް އެކި ބޭރުގެ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *