ކުރީގެ ބޮޑުވަޒީރުގެ އަންހެން ދަރިފުޅު ތައިލެންޑުގެ އެންމެ ޒުވާން ބޮޑު ވަޒީރަކަށް

ކުރީގެ ބޮޑުވަޒީރުގެ އަންހެން ދަރިފުޅު ތައިލެންޑުގެ އެންމެ ޒުވާން ބޮޑު ވަޒީރަކަށް

Author
ޙަސަން މުޙައްމަދު
16 އޮގަސްޓް 2024 02:13
0

ތައިލެންޑުގެ ޕާލިމަންޓުން ބިލިއަނަރު އަދި ކުރީގެ ލީޑަރު ތަކްސިންގެ ދަރިފުޅު ޕޭޓޮންގްޓަރން ޝިނަވަތްރާ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ޕޭޓޮންގްޓަރން ޝިނަވަތްރާ ވެގެންދާނީ އެންމެ ޅަ އުމުރުގައި ތައިލޭންޑުގައި ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅާ ކަމުގައެވެ. އަދި އޭނާއަކީ އޭނާގެ ބޮޑުދައިތަ ޔިންގްލަކްގެ ފަހުން މި މަޤާމަށް އަންނަ ދެވަނަ އަންހެން ބޭފުޅާވެސް މެއެވެ.

އޭނާ ބޮޑުވަޒީރުކަމަށް އައްޔަންކުރީ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ސްރެތާ ތަވިސިން މަގާމުން ވަކިކުރިތާ ދެ ދުވަސް ފަހުންނެވެ. މި ދެ ބޭފުޅުންނަކީވެސް 2023 ގެ އިންތިޚާބުގައި ދެވަނައަށް އައި ނަމަވެސް ވެރިކަން ހިންގާ ކޯލިޝަން އުފެއްދި ފިއު ތާއި ޕާޓީގެ މެންބަރުންނެވެ.

މިސް ޕޭޓޮންގްޓަރން ކުރިމަތިވަނީ ތައިލެންޑުގެ ހުއްޓިފައިވާ އިޤްތިޞާދު އާރާސްތުކުރުމާއި، އޭނާގެ ޕާޓީން އިސްވެ ހިންގި ހަތަރު ވެރިކަން ވައްޓާލި މިލިޓަރީ ބަޢާވާތްތައް އަޔަ ނުދިނުމާއި، ކޯޓުގެ އަމުރުތަކުން ސަރުކާރުތައް ބަދަލުވެގެން ދިޔަ ނުދިނުމުގެ އުނދަގޫ މަސައްކަތާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.