ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުން، ބޭންކްތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތައް ރެގިއުލޭޓްކުރާ ގަވާއިދަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާހު ގެނެސްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭންކްތަކާއި، އިންޝުއަރެންސް އަދި ފައިނޭންސް ކުންފުނިތައް ރެގިއުލޭޓްކުރާ ގަވާއިދަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކާ އެކު:
1. ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ބޭފުޅަކު ނުވަތަ ކެބިނެޓް މެންބަރަކު މާލީ އިދާރާތަކުގެ ބޯޑަށް އައްޔަން ނުކުރެވޭނެއެވެ.
2. ޤާނޫނަކުން އުފައްދާފައިވާ މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއްގައި ތިއްބަވާ ބޭފުޅުންވެސް މި ބޯޑުތަކަށް އައްޔަން ނުކުރެވޭނެއެވެ.
ނަމަވެސް، ކުރިން މި ގަވާއިދުގައި އޮތްގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް މި ފުރުޞަތު އޮންނަނީ ބަންދުވެފައެވެ.
މި ބަދަލުތައް ގެނެވިފައިވަނީ އެމްއެމްއޭގެ އައު ގަވަރުނަރު އަޙްމަދު މުނައްވަރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމްއެމްއޭ އަކީ ޒަމާނީ އަދި ހެޔޮ ނަތީޖާ ނެރޭ މަރުކަޒީ ބޭންކަކަށް ހެދުމަށްޓަކައި ގެނެވޭ އިޞްލާޙުތަކުގެ ތެރެއިންނެވެ.
މި އިސްލާހުތަކުގެ ސަބަބުން މާލީ ދާއިރާގެ އިދާރާތަކުގެ ހިންގުމަށް އަންނާނެ ބަދަލުތަކާމެދު ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ މާލީ ކުންފުނިތަށް ސިޔާސީ ވުމަށް ހުޅެވިގެންދާ ދޮރެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ