މިދިޔަ އަހަރު 391،957 ބާ ބެންކް ނޫޓް ނައްތާލާފައިވާކަމަށް އެމްއެމްއޭއިން ރިޕޯޓްކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އެ އޮތޯރިޓީއިން މިދިޔަ އަހަރުވަނީ 391،957 ބެންކް ނޯޓް ނައްތާލާފައި ކަމަށެވެ. އެއީ 22.9 މިލިއަން ރުފިޔާގެ ފައިސާއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު ބޭންކުން އެންމެ ގިނައިން ނައްތާލާފައިވަނީ 20 ރުފިޔާގެ ނޫޓެވެ. އެމްއެމްއޭއިން ނައްތާލި ނޫޓްތަކުގެ 39.9 އިންސައްތަ ތެރޭގައި ހިމެނީ 20 ރުފިޔާއެވެ.
އެމްއެމްއޭއިން ހަލާކުވެގެން އާއްމުން ގެންނަ ނޫޓުތައް ވަކި އުސޫލެއް ދަށުން ބަދަލުކޮށްދެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ ބަދަލުކުރުމަށް ލިބުނު ފައިސާގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއި 16.3 އިންސައްތަ ދަށް ކަަމަށެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ ރުފިޔާގެ ނޫޓުތަކަކީ ޒަމާނީ ގިނަ ބަދަލުތަކަކާއެކު 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. މި ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.
ކޮމެންޓު ފޮނުވާ