ފިޤްހީ މައްސަލަތަކުގެ ޙައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ދެއްކެވި ވާހަކަތަކަށް ރައީސް މައުމޫން ރައްދު ދެއްވައިފިއެވެ.
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ބައެއް އާންމުންގެ މެދުގައި ޚިޔާލް ތަފާތުވެ، ޓުވިޓާގައި މިކަމާއި ގުޅޭގޮތުން ދެކެވޭ ވާހަތަކަކީ އެންމެ ރަނގަޅު ހައްލު ނޫކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ފިޤްހީ މައްސަލަތަކުގެ ތެރޭގައިވެސް ކުރުކޮށް ޖަވާބުދެވޭ ކަހަލަ މައްސަލަ ހުންނާނެކަމަށެވެ. އެފަދަ މައްސަލަ ތަކުގައި ޓުވީޓުންޖަވާބު ދިނުމަކީ ޢާންމުންނަށް އޮޅުންއަރާ ކަމަކަށް ވާކަށެއްނުޖެހޭ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފިޤްހީމައްސަލަތަކުގެތެރޭގައިވެސް ކުރުކޮށްޖަވާބުދެވޭކަހަލަމައްސަލަހުރޭ. އެފަދަމައްސަލަތަކުގައިޓުވީޓުންޖަވާބު ދިނުމަކީޢާންމުންނަށްއޮޅުންއަރާކަމަކަށް ވާކަށެއްނުޖެހޭ.
– މައުމޫން ވިދާޅުވިއެވެ.
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، ބައެއް އާންމުންގެ މެދުގައި ޚިޔާލް ތަފާތުވެފައިވާ މިމައްސަލާގައި ރައީސްމައުމޫން ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރުޢުގައި އަންގަވާފައި އޮތުމަމަކީ އެނޫންގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާކަމެއްނޫން ކަމަށެވެ. އިރުހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތްނަމަވެސް މިހާރު ނަމާދު ވަގުތުބަލަނީ ފަލަކީ ހިސާބުން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކުރައްވައި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކައިވެނިން ބޭރުން ލިބޭ ދަރިއެއްގެ ޑީއެންއޭ އަކީ ޒިނޭކުރިކަން ސާބިތުކުރުމަށް އޮތް ޤަޠުޢީ ޙުއްޖަތެއްނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގެ މަތިން ބަލާއިރު ހަރުދަނާ ޤަޟާޢީ ނިންމުމެއްކަމުގައި ދެކޭކަމުގައެވެ.
ޝަރުޢީ ނަސަބުގެ ޙައްސާސްކަންބޮޑުކަމުން އެއާ ގުޅުންހުރި ކަންކަމުގައި ޑީއެންއޭ ބޭނުންކުރުމާމެދު ރައްކާތެރިވާންޖެހޭނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ނަސަބުގެ ކަންކަމުގެ މައްޗަށް ތަރިކައާއި ކައިވެންޏާ ވަރަށް ގިނަކަންކަން ތަރައްތުބުވެފައިވާއިރު، ޑީއެންއޭގެ މައްޗަށް ވަޙީގެ ޤަޠުޢީ ޙުކުމްތައް އިސްކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ