ޞިއްޚީ ކުއްލި ހާލަތު ދަމަހައްޓައިފި ނަމަ މާރޗް މަހު އިންތިޚާބު ނުބޭއްވޭނެ

ޞިއްޚީ ކުއްލި ހާލަތު ދަމަހައްޓައިފި ނަމަ މާރޗް މަހު އިންތިޚާބު ނުބޭއްވޭނެ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 12:23
0

މާރޗް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު އެތާރީޚުގައި ނުބޭއްވޭނެ ހާލަތެއް ނާންނަ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާރޗް މަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނަށް އިންތިޚާބު ބޭއްވޭނީ މިހާރު އިއުލާން ކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. އިލެކްޝަން ކޮމިޝަނާއި، ހެލްތު މިނިސްޓްރީއާއި، އަދި ކަމައި ގުޅުންހުރި އެކި އިދާރާތަކާއި މިކަމުގައި މަޝްވަރާ ކުރަމުންދާއިރު، ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެކަމެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މާރޗްމަހުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ބައެއް މީޑިޔާތަކުން ދައްކާފައިވާކަތައް ދޮގު ކުރައްވައި އިލެކްޝަން އޮފިޝަލަކު ވިދާޅުވީ މިހާރު އިއުލާނު ކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި ކަމުގައިވާނަމަ އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު މި މުއްދަތުގެ ފަހުން ކަންކަން ވެގެންދާނެ ގޮތެއް އަދި ސާފު ނުވާކަމަށާއި، އަންނަ މަހުގެ 5 ވަނަ ދުވަހުގެ ފަހުން މި ނިންމުމާއިމެދު ނިންމާ ގޮތެއްގެ މައްޗަށް އިންތިޚާބުގެ ތާރީހެއް ކަނޑައެޅިގެން ދާނެކަމަށެވެ.

އަންނަ އަހަރުގެ މާރޗްމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން މަސައްކަތް ކުރަމުންދާ ކައުންސިލް އިންތިޚާބް ބޭއްވޭނީ މިހާރު ދަމަހައްޓާފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެންނެވެ. މިމުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާނެއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ކޭސްތައް ފެންނަ މިންވަރު ދަށްވެ ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ. ނަމަވެސް ޞިއްޚީ ކުއްލި ހާލަތު އުވާލުމާއިމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އ.ރ
ކައޮސިލްބާވާނެކަމެއްނެއް