ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީއިން އާއްމުކޮށް އިއުލާން ނުކުރުމުން ގިނަ ބައެއްގެ ހައްގު ގެއްލި މައްސަލަ އޭސީސީއަށް ހުށަހަޅައިފިއެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބި އާންމުންގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މިއަދު އޭސީސީއަށް މިމައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައެވެ. ގިނަބަޔަކު ފޯމް ހުށަހެޅުމަށް އޭސީސީއަށް ޖަމާވެފައިވާއިރު، އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން އުސޫލު ހާމަކުރީ ޑިސެމްބަރު 7 ވަނަ ދުވަހު އެވެ. އޭރު H7 ފިޔަވާ އެެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށައަޅަންޖެހޭ ފަހު ތާރީހު ވަނީ ހަމަވެފައެވެ.

ފްލެޓްތަކުގެ ޝަކުވާ އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަންކަމަށް ޤަބޫލު ކުރެވޭކަމަށެވެ.
ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ:
H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ
މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ