"ސާޔާ" ގެ ޓްރެއިލާ ދައްކައިލައިފި

"ސާޔާ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
27 ޖުލައި 2024 06:37
0

މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެނެސްދޭ ބިރުވެރި ފިލްމް "ސާޔާ"ގެ ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މީގެ ކުރިންވެސް ބިރުވެރި ފިލްމް ތަކެއް ބެލުންތެރިންނަށް ގެެނެސްދީފައިވައި ޔޫއްޕެ އަނެއްކާ އެ ޖޯންރާގެ ފިލްމެއް ގެނެސްދޭން ތައްޔާރު ވެފައި ވާއިރުގައި މި ފިލްމް މި ފިލްމަކީ އޭނަގެ ސްކްރީންޕްލޭއަކަށް ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމްއެކެވެ.

ޕްރޮޑިއުސަރު އިސްމާއީލް ޝަފީއުގެ ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމު ގެ ކާސްޓުގައި ހިމެނެނީ މިހާރު އެންމެ ނަގާ ކިޔާލާ ތަރިންނެވެ. މީގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Shy Production (@shy_production_mv)

"ސާޔާ" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. މި ފިލްމްއަކީ މި އަހަރު އޮލިމްޕަހަށް އަންނަނަ ދެވަނަ ބިރުވެރި ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ބިރުވެރި ފިލްމަކީ އައި ފިލްމްސް އިން ފެބްރުއަރީގައި ގެނެސްދިން "ކަންބަޅި" އެވެ.

"ސާޔާ" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަ ވަނަ ފިލްމެވެ. މި ފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.